އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އެލަވެންސްތަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، އެލަވެންސްތަކާއެކު ހިލޭ ކިޔެވުމުގެ 10 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުތައް ހުޅުވާލާފައިވަނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ސްކޮލާޝިޕްތައް ދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރިއަށްގެންދާ ”ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ޕްރޮގުރާމް“ ފުރިހަމަކުރުމަށް ކަމަށެވެ. މި ޕްރޮގުރާމަށް ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިމަހުގެ 18 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަނާއި އެހެނިހެން ލިޔެކިޔުންތައް މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ހުށައެޅުމަށް ވަނީ އަންގާފަ އެވެ. އަދި transform@fisheries.gov.mv މި އީމެއިލް އެޑްރެހަށްވެސް އެޕްލިކޭޝަނާއި ލިޔުންތައް ފޮނުވޭނެކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

އެގޮތުން، މި ސްކޮލާޝިޕްގެ ދަށުން ކޯސް ފީ އެއްކޮށް ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން، ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން މާލެއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި ދަތުރު ހަރަދަށް އިތުރު އެލަވަންސެއް ލިބޭނެ އެވެ. އެންމެ ހާއްސަ ކަމަކީ، ސްކޮލާޝިޕްގައި ކިޔަވަމުންދާ މުއްދަތަށް ކޮންމެ މަހަކު އެއް ފަހަރު ދަރިވަރަށް މާލީ އެހީގެ އެލަވަންސެއްވެސް ލިބޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް