- Advertisement -spot_img

އެމެރިކާގެ ރައީސް އާއި ޗައިނާގެ ރައީސް ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

ޗައިނާއިން އީރާނަށް އެހީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ދަންނަވައިފިއެވެ.

އެމެރިކާގެ ރައީސް މިކަން ހާމަކުރީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވައިޓް ހައުސްގައި ސީދާ ބައްދަލުކުރައްވައި ދެއްކި ވާހަކައިގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީޑިއާއިން މި ވާހަކަ ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިން ޗައިނާއަށް ކަނޑައަޅާގައި ހުންނަ އެމްބަސެޑަރާ ހަވާލާދީއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި، ޗައިނާއިން އީރާނަށް އެހީތެރިވުން ހުއްޓުވަން ނުވަތަ ޗައިނާއިން އީރާނަށް ކުރާ ތާއީދު ހުއްޓުވަން އެމެރިކާގެ ރައީސް މަސައްކަތްކުރާނޭ ކަމަށް މީޑިއާއިން ކުރިންވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ޓްރަމްޕާއި ޝީ ޖިންޕިންއާ ދެމެދު ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކުގައި އޭއައިއާއި، ވިޔަފާރިއާއި، ޓެރިފާއި، ޓައިވާންގެ މައްސަލައިގެ އިތުރުން އީރާނު ހަނގުރާމައިގެ މައްސަލަވެސް ހިމެނެއެވެ. ޗައިނާގެ ރައީސާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ޗައިނާގެ ރައީސާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ކަމަށެވެ.

އަސްކަރީ ހަމަލާދީގެން އީރާނު ބަލި ނުކުރެވުމުން އެމެރިކާގެ ރައީސް މިހާރު ގެންދަނީ އިގްތިސާދީގޮތުންނާއި، މާލީގޮތުން އީރާނަށް ދަތިކޮށް ނިކަމެތި ކޮށްލުމަށް މުޅި ދުނިޔޭގައި މަސައްކަތް ކުރަމުންނެވެ.

އެ ފިޔަވަޅުތަކުގެ ދަށުން އީރާނުގެ އެއަރލައިންތައް ބްލޮކްކުރަން ފެށި މަސައްކަތަށް ޗައިނާއިންވަނީ އެއްބާރުލުން ދޭން ދެކޮޅު ހަދާފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ޣައިރުގާނޫނީ ފިޔަވަޅުތަކެއް ކަމަށާއި، އެކަމަށް ޗައިނާ ތާއީދު ނުކުރާ ކަމަށެވެ.

ވިޔަފާރިއާއި، އިގްތިސާދީ ކަންކަމުގައި ޗައިނާއަކީ އީރާނުގެ ވަރަށް ގާތްބައިވެރިއެކެވެ. އީރާނަށް ދަތިކުރަން އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ އަސަރު އީރާނަށް ކުރާނީ ޚާއްސަކޮށް ޗައިނާގެ އެއްބާރުލުން ލިބިގެން ކަމަށްވާއިރު، އެމެރިކާގެ ރައީސް ގެންދަނީ އެކަން ކުރުމަށް ޗައިނާއަށް ޕްރެޝަރ ކުރަމުންނެވެ.

އީރާނާ ގުޅުވައި އެމެރިކާގެ ރައީސް ދެއްކި ވާހަކަތަކަށް ޗައިނާގެ ރައީސް ދެއްވި ޖަވާބެއް އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް