ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ފަސޭހަކަމާއި އެކު މަޑުއްވަރީ ބަލިކޮށް ދުވާފަރުން މުބާރާތް ފެށީ އިތުބާރާއެކު

ރ. އަތޮޅު ކައުންސިލް އަރުތަ ފުޓްސަލް ޗެލެންޖް 2024 ގެ ގުރޫޕް އޭގެ ކުޅެވުނު ދެވަނަ މެޗުގައި ދުވާފަރާއި މަޑުވަރީ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 5-0 ގެ ނަތީޖާއަކުން ދުވާފަރުން އިން ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ދުވާފަރުން މެޗު ޑޮމިނޭޓުކުރި އިރު، އެޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކުރީ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އިސާން (ސަންޓޭ) އެވެ. މިމެޗުގައި ދުވާފަރުން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަޒޫމް (އައްނު) އެވެ.

މެޗުގެ ދެވަަނަ ހާފުގައި ދުވާފަރުން އިތުރު ތިންލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޫސާ މުޒާހު މުހައްމަދު (ޓޯރޭ) އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު  ކާމިޔާބުކޮށްދިނީ މުސްލިމް މުހައްމަދު (ރޮނާ) އެވެ. މެޗުގެ ފަސްވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އިސާމް (ސަންޓޭ) އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ ޖާޒީ ނަންބަރު 96 މުސްލިމް މުހައްމަދު (ރޮނާ)އެވެ.

މިއަހަރުގެ މުބާރާތުގައި ރ. އަތޮޅު 9 ރަށުން ބައިވެރިވެފައިވާއިރު ގްރޫޕް ސްޓޭޗް މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

ގުޅުންހުރި ލިޔުންތައް