- Advertisement -spot_img

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިރޭ ބާއްވަނީ

ފުޓްބޯޅަ އެސޯސިއޭޝަންގެ މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި ހާއްޞަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ ބާއްވާ ކޮންގްރެސް އަށް މުހިންމު ތިން އެޖެންޑާއެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ހުށަހަޅިފައިވާ އިސްލާހުތައް ހުށަހެޅުމާއި، އެ އިސްލާހުތަކަށް ވޯޓަށް އެހުން، މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ނިންމުން ކޮންގްރެސްއިން ފާސްކުރުމެވެ. ހުށަހެޅިގެންދާނެއެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެފްއޭއެމުން ވަނީ އެކުލަވާލައިފައެވެ. އެ ޕްލޭން ފާސް ކުރުމަށް ކޮންގްރެސްގައި ވޯޓަށް އަހާނެއެވެ. އެފްއޭއެމުން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ މާޗް މަހު ހަތަރެއްގަ އެވެ. އޯޑިނަރީ ކޮންގްރެސްއެއްގެ ގޮތުގައި ބޭއްވި އެ ކޮންގްރެސްގެ ޔައުމިއްޔާ ފާސް ކުރުމަށް ވެސް މިރޭ، މީރުމާ ހޮޓެލްގައި ބާއްވާ ކޮންގްރެސްގައި ވޯޓަށް އަހާނެ އެވެ.

މިރޭގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން، އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރީ އެ ކޮމިޓީން މި މަހު ހަތަރެއްގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ގުޅުންހުރި ލިޔުންތައް