- Advertisement -spot_img

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމު ބަންގްލަދޭޝަށް ފުރައިފި

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްބޯޅަ ޓީމު ބަންގްލަދޭޝަށް ފުރައިފިއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ޓީމުން ވަނީ މިދިޔަ މަހު ފަހުކޮޅު އިންޑޮނޭޝިއާގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ގައުމުގެ ވެރިރަށް ޖަކާޓާގައި ބޭއްވި ކޭމްޕަށް، ގައުމީ ކޯޗު އިސްތަވާން އުރްބާނީ 24 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއެވެ.

އެކަމަކު ސާފް ޗެމްޕިއަންޝިޕަށް ގެންދިޔައީ 23 ކުޅުންތެރިންނެވެ. ސްކޮޑުން ބާކީ ކުރީ، ބުރު ސްޕޯޓްސްގެ ޑިފެންޑަރު ތޯއިފް ގާސިމެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އަދި ޕާކިސްތާނާ އެކު ގުރޫޕް ބީ ގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އިންޑިއާއާ ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އިންޑިއާއިން ބައިވެރިކޮށްފައިވަނީ 23 އަހަރުންދަށުގެ ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ޕާކިސްތާނާ އިންޑިއާ އެވެ. ޑާކާގަ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް (ކުރިން ބަންގްބަންދު ސްޓޭޑިއަމް) ގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދުރު ފަހު 2:30  ގައެވެ.

ފީފާއިން، ނޭޕާލް ސަސްޕެންޑްކޮށްފައި އޮތުމުން އެ ގައުމަށް މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެވުނެވެ.

މުބާރާތުގެ މެޗު ޝެޑިއުލް:

ނޮވެމްބަރު 5: ޕާކިސްތާން – އިންޑިއާ = ރާއްޖޭގަޑިން 14:30

ނޮވެމްބަރު 5: ބަންގްލަދޭޝް – ބޫޓާން = ރާއްޖޭގަޑިން 19:00

ނޮވެމްބަރު 8: ޕާކިސްތާން – ރާއްޖެ = ރާއްޖޭގަޑިން 14:30

ނޮވެމްބަރު 8: ލަންކާ – ބޫޓާން = ރާއްޖޭގަޑިން 19:00

ނޮވެމްބަރު 11: އިންޑިއާ – ރާއްޖެ = ރާއްޖޭގަޑިން 14:30

ނޮވެމްބަރު 11: ބަންގްލަދޭޝް – ލަންކާ = ރާއްޖޭގަޑިން 19:00

ސެމީ ފައިނަލް މެޗުތައް:-

ނޮވެމްބަރު 14: ގުރޫޕް އޭގެ އެއްވަނަ – ގުރޫޕް ބީގެ ދެވަނަ = ރާއްޖޭގަޑިން 14:30

ނޮވެމްބަރު 14: ގުރޫޕް ބީގެ އެއްވަނަ – ގުރޫޕް އޭގެ ދެވަނަ = ރާއްޖޭގަޑިން 19:00

ފައިނަލް މެޗު ނޮވެމްބަރު 17 ގައި – = ރާއްޖޭގަޑިން 19:00

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފައިނަލް ސްކޮޑް:-

ގޯލް ކީޕަރުން: މުހައްމަދު އަޝްވާން (އޮޑި ސްޕޯޓްސް)،  ހުސައިން ޝަރީފް (މާޒިޔާ)، މުހައްމަދު ޝަފީއު (ވިކްޓަރީ)

ޑިފެންޑަރުން:  ސަމޫހު އަލީ (މާޒިޔާ)، ހަސަން އީނާޒް (ޓީސީ ސްޕޯޓްސް ކްލަބް)، ހުސައިން ޝިފާއު ޔޫސުފް (ވިކްޓަރީ)، އަހުމަދު އައިހަމް – އައިހު (އޮޑި)، އަމްދާން އަލީ (ނިއު ރޭޑިއަންޓް)،(ބުރު)، އަހުމަދު މާއިޝް ރަޝީދު (ވިކްޓަރީ)

މިޑްފީލްޑަރުން:  އަހުމަދު އައިހަމް – ފަތޯ (މާޒިޔާ)، އިބްރާހީމް ވަހީދު ހަސަން (އޮޑި)، އިބްރާހީމް އައިސަމް (މާޒިޔާ)، ނިޝާމް މުހައްމަދު ރަޝީދު (މާޒިޔާ)، އަހްޒަމް ރަޝީދު (އޮޑި)، އީތަން އިބްރާހީމް ޒަކީ (ނިއު ރޭޑިއަންޓް)، އަލީ ހަމްދާން (ބުރު ސްޕޯޓްސް ކްލަބް)،

ފޯވާޑުން: އިބްރާހީމް މަހުދީ ހުސައިން (މާޒިޔާ)، ނައްސާހު އިބްރާހީމް ނާސިރު (މާޒިޔާ)، ނާއިޒް ހަސަން (ވިކްޓަރީ)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، މުހައްމަދު ނާއިމް (ނިއު ރޭޑިއަންޓް)، މުޒްދާން ހަސަން (އޮޑި)، އަބްދުﷲ ލޫތު އިބްރާހީމް (މާޒިޔާ)

ގުޅުންހުރި ލިޔުންތައް