ސްޕެނިޝް ލީގުގައި ރޭ އަލަވޭސްގެ މައްޗަށް 6-1 އިން ބާސެލޯނާ އިން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު 11 މެޗުން ލިބުނު 30 ޕޮއިންޓާއެކު ބާސާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 11 މެޗުން 28 ޕޮއިންޓު ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އޮތްއިރު، މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 24 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ވެސް ބާސާއިން ނިންމާލީ ހަތަރުގެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ބާސާގެ ކެޕްޓަން ރަފީނިއާ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އާއި ލަމީން ޔަމާލްއެވެ.
ދެވަނަ ހާފުގައި ބާސާގެ ފަސްވަނަ ގޯލު ޔަމާލް ކާމިޔާބުކޮށްދިން އިރު، ފަހު ގޯލު ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ. އަލަވޭސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މަރިއާނޯ ޑިއާޒްއެވެ.
ލީގުގައި ބާސާއިން ދެން ބައްދަލުކުރާނީ ދެވަނައިގައި މިވަގުތު އޮތް އެތްލެޓިކޯ މެޑްރިޑާއެވެ.



