- Advertisement -spot_img

ކްރިސްޓަލް ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި

ސްޕެއިނުގެ ރަޔޯ ވަޔެކާނޯ 1-0 އިން ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލައިޕްޒިގު އެރީނާގައި ކުޅުނު ފައިނަލުގައި ޕެލަސް މޮޅުވި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ. މިއީ މެޗުގެ 51 ވަނަ މިނެޓްގައި ޕެލެސްގެ މިޑްފީލްޑަރު އެޑަމް ވާޓަން ޖެހި ޝޮޓެއް ރަޔޯ ވަޔެކާނޯގެ ކީޕަރު، އަގަސްޓޯ ބަޓާލާ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ޕެލެސްގެ ފޯވާޑް ޖިއަން ފިލީޕް މަޓޭޓާ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އަދި ޕެލެސްގެ ސްޕެއިންގެ ތަރި ޔެރެމީ ޕީނޯ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ.

މިއީ، ޔޫރަޕްގައި ޕެލަސްގެ ފުރަތަމަ ތަށްޓެވެ. މި ތަށި ކާމިޔާބު ކުރުމާއެކު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ޕެލެސް މިހާރު ވަނީ ކޮލިފައިވެއެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގު ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. މުބާރާތުގައި އެންމެ ކާމިޔާބީ އިނގިރޭސި ޓީމުތަކެވެ. އެ ގޮތުން، އިނގިރޭސި ތިން ޓީމަކުން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، އެންމެ ފުރަތަމަ ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން، މިދިޔަ އަހަރު ޗެލްސީއެވެ.

ގުޅުންހުރި ލިޔުންތައް