- Advertisement -spot_img

އިންޓަމިލާނުން 21 ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ޕާމާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 21 ވަނަ ފަހަރަށް ހޯދައިފިއެވެ.

ރޭގެ މެޗަށް ނުކުތްއިރު، އިންޓައަށް ލީގު ކަށަވަރުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުތެރޭ އިންޓައަށް ލީޑު ނަގައިދިނީ އެޓީމުގެ ފްރާންސް ފޯވާޑް މާކަސް ތުރާމް އެވެ. މިއީ ޕާމާގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ތުރާމް ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް އިންޓައިން ދިޔައީ ޕާމާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އެޓީމުގެ ދެވަނަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ހެންރިކް މިކިތާރިޔަންއެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އިންޓަ އޮތީ 35 މެޗުން 82 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ނަޕޯލީއަށް 35 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ލީގުގައި ބާކީ ދެން އޮތީ ތިން މެޗެވެ.

މިއީ 2024 ވަނަ އަހަރަށް ފަހު އިޓަލީ ލީގު އިންޓައިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް