ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ދުވާފަރުން ޓީމުގެ އަޒުމަކީ ތަށި ދިފާއުކޮށް ރަށަށް ރީތި ނަން ހޯދައި ދިނުން: ކޯޗް އައްބެ

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ރ. އަތޮޅު ފައިނަލްގައި ވާދަވެރި އިނގުރައިދޫއާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު ނިކުންނާނީ ތަށި ދިފާއުކޮށް ރަށަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި ކަމަށް ދުވާފަރު ސްޕޯޓްސް ކުލަބްގެ ކޯޗު އިބުރާހިމް އަލީ (އައްބެ) ބުނެފި އެވެ.

އިރުވައި ނިއުސް އަށް ދިން އިންޓަވިއު އެއްގައި ދުވާފަރު ޓީމުގެ ކޯޗް އައްބެ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް ކަމަށާއި ހުރިހާ ކުޅުންތެރިންގެ އަޒުމަކީ ތަށި ދިފާއުކޮށް ރަށަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ. އަދި ކުޅުންތެރިންގެ މެދުގައި ޓީމް ވޯރކް ވަރަށް ރަގަޅުކަމަށާއި ހުރިހާ ކުޅުންތެރިންގެ ފޯކަސް ހުރީ ފައިންލް މެޗަށްކަމަށެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގްރޫޕް ސްޓޭޖް ފުރަތަމަ މެޗު ދުވާފަރާއި އިނގުރައިދޫ ބައްދަލު ކުރި މެޗް 1-2 ގެ ނަތީޖާއަކުން އިނގުރައިދޫ އެވެ. ގަދަ ވިއްސާރާގައި ކުޅުނު އެމެޗުގައި ދުވާފަރުން މޮޅު ކުޅުމެއް ދެއްކިއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ރ. އަތޮޅުގެ ފޯރިގަދަ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 09:00 އެވެ.

ގުޅުންހުރި ލިޔުންތައް