ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ގޯލްޑަން ފުޓްސަލް ޗެލެންޖް: ފޯރިގަދަ ރ. އަތޮޅު ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ރ. އަތޮޅު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު އާއި އިނގުރައިދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ރ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދުވާފަރަވެ. އޭގެ ކުރިން 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ އިނގުރައިދޫ އެވެ.

ބުރާސްފަތި ދުވަހު ރޭ ކުޅުނު ރ. އަތޮޅުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދުވާފަރުން އަލިފުށި ބަލިކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 17 ވަނަ މިނެޓުގައި ދުވާފަރަށް ލީޑު ނަގައިދިނީ އަބްދުالله ލޫތު އިބްރާހީމް (ޝާނޭ) ޖެހި ގޯލުންނެވެ. އޭގެ މިނެޓެއް ފަހުން ދުވާފަރުގެ އަޒޫމް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދުވާފަރުގެ ތިން ވަނަ ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހާދިނީ މުހައްމަދު ޖުމާން އަހުމަދު އެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖަހާދިނީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ. އަލިފުށިން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓުގައި ލިބުނު ދުރު ޕެނަލްޓީ އަކުން އެ ޓީމަށް ޖަހާދިނީ އަހުމަދު ހުސާމް އެވެ.

ގުޅުންހުރި ލިޔުންތައް