އަރުތަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް މިއަދަށް ސެޑިއުލް ކުރުމަށް ފަހު އަނެއްކާ ވެސް ފަސްކޮށްފިއެވެ.
އިއްޔެ ކުޅެން ތާވަލުކޮށްފަ އޮތް މެޗު ފަސްކުރީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުންނެވެ. ނަމަވެސް މޫސުން ރަގަޅު ނުވަނީސް ކުއްލިގޮތަކަށް މިއަދު މެޗު ކުޅުމަށް ހަމަޖެއްސުމުން ގިނަ ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.