ވިއްސާރަވުމުގެ ސަބަބުން ފަސްކުރި ރ. އަތޮޅު ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅުމަށް ހަމަޖައްސައިފިއެވެ.
ރ. އަތޮޅު ކައުންސިލް ވައިބަ ގްރޫޕްގައި މިއަދު އަޕްޑޭޓްކުރި ސެޑިއުލްގައިވާގޮތުން ވިއްސާރަވުމުގެ ސަބަބުން އިއްޔެ ފަސްކުރި ދުވާފަރު އިނގުރައިދޫ ބައްދަލުކުރާ ފައިނަލް މެޗު މިއަދު ހަވީރު 15:45 ކުޅޭކަމަށެވެ.
މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް އަތޮޅު ކައުންސިލްގެ މުބާރާތުގެ ކަންކަމުގައި އުޅުއްވާ ބޭފުޅަކާއި ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އިތުރު މައުލޫމާތު ލިބޭގޮތެއްނުވެއެވެ.