ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ފަހަތުން އަރައި ޕެރަގުއޭ އިން އާޖެންޓީނާ ބަލިކޮށްފި

ދެކޮނު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ފަަތިހު އާޖެންޓިނާ އިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ޕެރަގުއޭ އިން ކޮލިފައިންގެ އުންމީދު އައުކޮށްފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުގައި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބޮލީވިއާ އަތުން މޮޅުވެފައިވާއިރު، ޕެރަގުއޭ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ވެނަޒުއޭލާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އާޖެންޓީނާ އެވެ.

މިނަތީޖާއެކު ކޮލިފައިންގައި ކުޅުނު 11 މެޗުން ޕެރަގުއޭއަށް 16 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި އާޖެންޓީނާ ކުޅުނު 11 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް