މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު މެޗްގައި އިނގުރައިދޫ ބަލިކޮށް ދުވާފަރު ގުރޫޕް އޭ ގެ އެއްވަނަ ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު ދުވާފަރު މި މެޗް ކާމިޔާބުކުރީ 3-0 އިންނެވެ.
މި ނަތީޖާއާއިއެކު ދުވާފަރު މިމުބާރާތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިރޭ ކުޅުނު މެޗްގެ މޭން އޮފްދަ މެޗަކީ ދުވާފަރު ޓީމުގެ ޖާޒީ ނަންބަރު 30 މުހައްމަދު އިސާމް (ސަންޓޭ)އެވެ.