- Advertisement -spot_img

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އުމުރުން 18 އަހަރުންދަށުގެ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުޙުމަތުގައި ހ. ރަބީޢީމަންޒިލް /މާލެ، ޢަބްދުﷲ ޝާހިދު 64 އަހަރު، ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެދަށުންނެވެ. އޭނާ ހައްޔަރު ކުރީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ (މިރޭ) 9:59 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤް ކުރަމުންނެވެ.

ހައްޔަރު ކުރުމުގެ ކުރިން ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ.“ މިފަދައިންނެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓްކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް