- Advertisement -spot_img

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުޅުވައިފިއެވެ.

ބެއިޖިންގައި ބޭއްވި ރަސްމިއްޔާތުގައި އޮފީސް ހުޅުއްވައި ދެއްވީ މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް ޗެއާމަން އަހްމަދު ޝަފީއު އާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

މޯލްޑިވިއަނުން ބުނީ ޗައިނާގައި އާ އޮފީހެއް ހުޅުވުމަކީ އެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ޗައިނާގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ އިތުރު ފުރުސަތުތަކެއް ކަމަށެވެ.

މިއޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މަގުފަހިވާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފައިވެ އެވެ.

މޯލްޑިވިއަނުން އަކީ މިހާރުވެސް ޗައިނާގެ 3 ސިޓީއަކަށް ދަތުރުކުރާ އެއާލައިނެކެވެ.

ގުޅުންހުރި ލިޔުންތައް