- Advertisement -spot_img

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާނެ: ރައީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު އެކަމުގެ ޔަޤީންކަން ދެއްވީ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ބެލެނިވެރިއެއް ހިއްސާކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. އެ ބެލެނިވެރިޔާ ވަނީ ވަރަށް ތަފްސީލުކޮށް އެފަދަ ކުދީންނާއި މީހުންނަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ހިއްސާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންކްލޫސިވިޓީއަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހިއްސާކުރެއްވި ހުރިހާ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅަށް އެޑްރެސް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަދި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އެހާ ތަފްސީލު ގޮތެއްގައި ހިއްސާކޮށް ދެއްވީތީ ރައީސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބައެއް ކަންކަމަށް ވަރަށް އަވަހަށް ޙައްލު ކުރެވޭނެ ކަންކަން ކަމަށާ އެކަންކަން ދިގުލައިގެން ދިޔަ ނުދެއްވާނެ ކަމަށެވެ.

އަދި ސުކޫލުގެ މާޙައުލާއި އެފަދަ ކުދީންގެ ތެރަޕީ އާއި ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

“އަޅުގަނޑު ބޭނުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ވީއެންމެ ރަނގަޅަކަށް ކަންކަން ފަހިވާން,” ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް