- Advertisement -spot_img

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 11.7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

މި މަސްތުވާތަކެތި ފެނިފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކުކުރިއިރު އޭގެ ތެރެއިން ފެނިފައިވަނީ ކެނަބިސްއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތައް އިތުރުވަމުންދާއިރު، ހަށިގަނޑުގައި ފޮރުވައިގެންނާއި ޕެކޭޖު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް ދޭތެރެދޭތެރެއިން ފާހަގަކުރެެވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް