- Advertisement -spot_img

ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި

އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ހުއްޓުވި އެ ގައުމުގެ ބައެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބުނީ ފައިސާ އަތުލައިގަތީ 6 މީހެއްގެ އަތުން ކަމަށެވެ. އަތުލަގަތް ފައިސާގެ ތެރޭގައި 174,161 ޑޮލަރާއި 56,760 ޔޫރޯ އާއި1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭ ކަމަށެވެ.

އެ ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3,861,415.29ރ. އަށް އަރައެވެ.

މި މައްސަލައާ ގުޅިގެން ފައިސާ ހަ މީހުން ވެސް ހައްޔަރުކޮށް މައްސަލަ އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް