- Advertisement -spot_img

އާ ގަވާއިދާއި އެއްގޮތަށް މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކެއް އަލުން ރަޖިސްޓްރީކުރުމަށް އަންގައިފި

އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ހުރިހާ ނޫސްތަކާއި މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

އެމްއެމްބީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކެއް ހަމަސް މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކޮށް މައުލޫމާތު އަދާހަމަކުރަން ޖެހޭނެ ކަމަށެވެ.

އެ މުއްދަތު އަންނަ އޮކްޓޯބަރު 27 އަށް ހަމަވާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުރިހާ މީޑިއާތަކުންވެސް ރީ-ރަޖިސްޓްރީވުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ނޫސް މަޖައްލާތައް ވަނީ ހަތަރު ބަޔަކަށް ގިންތިކޮށްފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓާ އަދި ޖާނަލްއެވެ. އެ ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ލިބިދެއެވެ.

ގަވާއިދުގެ ދަށުން ނޫސް މަޖައްލާއަކަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ގުޅުންހުރި ލިޔުންތައް