- Advertisement -spot_img

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފެލިދެއަތޮޅު ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އިބްރާހިމް ނިޔާޒުއެވެ. އަދި ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރ އަމާނީ އާދަމްއެވެ.

ރެޕިޑް އިންޖިނިއަރިންގ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ގުޅުންހުރި ލިޔުންތައް