މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ. ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.
މެގަލިންކްސްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މިމަސައްކަތުގެ ޖުމުލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރިއެވެ.



