spot_img

މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މާއުނގޫދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން 14.93 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ ދަށުން، 450 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ހިމާޔަތްކޮށްފައެވެ.

އެމްޓީސީސީއާ މި މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައިވަނީ 1 މާރިޗު 2023 ގައެވެ. އެމްޓީސީސީއިން ބުނީ، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

spot_img

ގުޅުންހުރި ލިޔުންތައް