މިފަހަރު 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި ދުވަސްވަރު ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އަމިއްލަ އެކި ގުރޫޕުތަކާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުން ހިމެނެއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ދިވެހި އެކި ގްރޫޕްތައް މެދުވެރިކޮށް އުމްރާގެ އަޅުކަން އަދާކުރަން މި މަސް ތެރޭގައި ޕެކޭޖުތައް ހުރީ 27،000ރ. އާއި 30،000ރ. އާ ދެމެދުގަ އެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމުގެ އިތުރުން އެކި ޓުއާ ދަތުރުތައް ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.



