- Advertisement -spot_img

ޕީއެންސގެ ދާއިރާތަކުގެ އިންތިހާބު ފަށައިފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސގެ ދާއިރާތަކުގެ އިންތިހާބު މިއަދު ފަށައިފިއެވެ.

އިންތިހާބުގެ ވޯޓްލުން ހެނދުނު 9:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

މި އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި ޕާޓީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، ޕާޓީގެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާ ނާއިބު ރައީސުން ވެސް އިންތިހާބު ކުރާނެ އެވެ.

މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށް ދާ ކަމަށް ޕީއެންސީން ބުންޏެވެ. މި އިންތިހާބުގައި ނިމިގެންދާއިރު ޕާޓީގެ 2،500 އަށް ވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް