- Advertisement -spot_img

ގޯއްޗާއި ފްލެޓަށް އެދި ބައިލައްކަ އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ”އާއިލީ ބޯހިޔާވަހިކަން“ އަދި ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 58,505 (ފަންސާސް އަށްހާށް ފަސްސަތޭކަ ފަސް) އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

އެގޮތުން ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ ދަށުން ޖުމްލަ 45,644 (ސާޅީސްފަސްހާސް ހަސަތޭކަ ސާޅީސް ހަތަރެއް) އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ހުށަހަޅާއިފައިވަނީ 12,861 (ބާރަހާސް އަށްސަތޭކަ ފަސްދޮޅަސް އެކެއް) އެޕްލިކޭޝަނެވެ.

އާއިލީ ބޯހިޔާވަހިކަން

• ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން: 35,818

• ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން: 9,826

ގޯތިގެދޮރު ޕްރޮގްރާމް

• ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން: 12,749

• ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން: 112

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 18 ޖެނުއަރީ 2026 ގައެވެ. އެ ތާރީހުގައި ހުޅުވާލިއިރު ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރީލް 2026 އެވެ. އަދި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާރިޗު 2026 އެވެ.

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 8 މާރިޗު 2026 ގައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު, މި ޕްރޮގްރާމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2026 އެވެ.

އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވެއެވެ. އެގޮތުން 31 މޭ 2026 ނިޔަލަށް މުއްދަތު އިތުރުކުރުމަށްފަހު 15 ޖޫން 2026 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރު ފުރުސަތެއްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް