- Advertisement -spot_img

މި އަހަރުގެ އަމީރުލްހައްޖަކީ ވަޒީރު ސައީދު

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސަވައިފިއެވެ.

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށްދާ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް