އެމްޑީޕީގެ ތެރޭގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް އިންޑިއާއިން މަސައްކަތް ފަށައިފިއެވެ.
އެގޮތުން މިވަގުތު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދުވެސް މިވަގުތު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަނީ ވަޑައިގެންފިއެވެ.
ސޯލިހު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
ސޯލިހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރަސްމީ ދަތުރުފުޅެއްގައި މިހާރު ހުންނެވީ އިންޑިއާގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ’އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޮމޭޓިން ވޯލްޑް‘ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ނަޝީދާއި ސޯލިހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.



