- Advertisement -spot_img

އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

ލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަން ނިންމައިފިއެވެ.

އިމިގްރޭޝަނުން ރޭ ނެރުނު އިއުލާނެއްގައި ބުނީ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދޫކުރާނީ ”ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު“ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށްފަހު، އެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި، ޕާސްޕޯޓު ބަދަލުކުރެވޭނެ ކަމަށެވެ.

ނަމަވެސް ކެންސެލޭޝަން ފީގެ ގޮތުގައި 100ރ. ދައްކަންޖެހެއެވެ. އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ 600ރ އަށް ދޭ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1،000ރ. ދައްކަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް