ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފިއެވެ.
އެކަން އެ ޕާޓީން ރޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުޙައްމަދު ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ. ކޮންގްރެސް އިން ވަނީ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް މަރުޙަބާ ދަންނަވާފައެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލްއެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސްގެ ތަރުޖަމާންކަން ކުރެއްވީ ފިރުޒުލްއެވެ.



