- Advertisement -spot_img

ީމަޝްހޫރު ދީނީއިލްމުވެރިޔާ ދަރުސްދެއްވުމަށް ރާއްޖެ ވަޑައިގަންނަވަނ

މަޝްހޫރު ދީނީ އިލްމުވެރިޔާ ސައުދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް، 8 ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު އެ ދަތުރު ހަމަޖައްސާފައި ވަނީ ”ދަ ޓްރެވަލާ“ ގްރޫޕުންނެވެ.

އެ ގްރޫޕުން ބުނީ ރާއްޖޭގެ ފަސް ސިޓީގައި ޝައިޚް އާސިމް ދަރުސް ދެއްވާނެ ކަމަށެވެ. ސިޓީ ތަކަށް ދަތުރުތައް ހަމަޖައްސާފައި ވަނީ އެ ސިޓީއެއްގެ ކައުންސިލުންނެވެ.

ދަރުސް ދެއްވާ ސިޓީތައް

މާލެ

ހދ. ކުޅުދުއްފުށި

ގދ. ތިނަދޫ

ފުވައްމުލައް

އައްޑޫ

އަންނަ ހޯމަ ދުވަހު ޝައިޚް އާސިމް ރާއްޖެ ވަޑައިގެން ޖެހިގެން އަންނަ ދުވަހު ދަރުސްތައް ފައްޓަވާނެއެވެ. ފުރަތަމަ ދަރުސް އޮންނާނީ ކުޅުދުއްފުށީގައެވެ. އެއަށްފަހު 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގައެވެ.

ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ދެވަނަ ދުވަހު ދަރުސްދެއްވާނީ ތިނަދޫގައެވެ.

ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ޝައިޚް އާސިމް ޖަވާބުދެއްވާނެއެވެ.

ގުޅުންހުރި ލިޔުންތައް