މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެ ރަށުގައި ތަރައްގީކުރާ 75 ހައުސިން ޔުނިޓްގެ ފައުންޑޭޝަން އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތް ކަމަށެވެ.
މި ހައުސިން މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 117 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 420 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. ކޮންމެ ޔުނިޓެއްގައި ހިމެނެނީ:
– ތިން ކޮޓަރި އާއި ތިން ފާހާނާ
– ސިޓިން ރޫމް އަދި ބަދިގެ
– ސްޓޯރ ރޫމް އަދި ލޯންޑްރީ
– ކާގެމީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ ވަށާފާރު ރޭނުމާއި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. އަދި ރައްޔިތުންނަށް ބޭނުންވާނެ ޕާކަކާއި، ވެހިކަލް ޕާކު ކުރާނެ ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



