ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ހައްޖަށް ދިޔުމުގެ އަގު ކުޑަ ކުރަނީ

ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ އަދަދު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ކުޑަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިރޭ ކުރިޔަށް ގެންދިޔަ އަހާ ފޯރަމްގައި އާމްނު ފަރާތަކުން ވީޑިއޯ މެދުވެރިކޮށް ކުރި ސުވާލަކާއި ގުޅިގެންނެވެ. އޭނާގެ ސުވާލުގައި ހައްޖަށް ދިޔުމަށް ދައްކާ ފައިސާގެ އަގު ކުޑަވާނީ ކޮން އިރަކުންތޯ ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މީހުން ހައްޖަށް ގެންދިޔުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

”ހައްޖަށް މީހުން ދިއުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަސައްވުރެއް ކަނޑައަޅުއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން އެބަދޭ.“ ވަޒީރު  ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިގޮތުން ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަންނުން ތަސައްވަރެއް އެކުލަވާލައި މިހާރުވެސް މަސައްކަތްކުރާ ކަމަށާއި އަދި ރައީސްގެ ވެރިކަމުގެ މިދައުރުގައި އެކަމަށް ހަރުދަނާ ހައްލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ވަޒީރު ވަނީ ދެއްވާފައެވެ. މިހާރު ހައްޖައް ދިޔުމަށް މީހަކަށް 69,965 ރުފިޔާ ޚަރަދު ކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް