ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޝަޢުބާން މަހުގެ މާތްކަން

މިއަދުގެ ހުކުރު ޚުޠުބާގައި ޝައުބާން މަހުގެ މާތްކަމާއި، އެ މަހުގައި ކުރަން އެދެވިގެންވާ ހެޔޮ ޢަމަލުތަކުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އެގޮތުން ޝައުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހެއްކަމަށާއި، މި މަހުގައި ގިނަގިނައިން ހެޔޮ ޢަމަލުތައް ކުރުމަށް އެންމެހާ މުސްލިމުންނަށް އިރުޝާދު ދެއްވާފައިވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޝަޢުބާން މަހަށްވުރެ ގިނައިން ސުންނަތް ރޯދަ ހިއްޕަވާ މަސްވަރެއް ނުވާކަމުގައި ވިއެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވާ ގޮތުގައި ”ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ. ފަހެ ތިޔަބައިމީހުން ހީވާގިކަމާއިއެކު ހެޔޮ ޢަމަލުކުރުމުގައި ދެމިތިބިހާ ހިނދަކު، މާތް ﷲ ތިޔަބައި މީހުންނަށް ދަރުމަ ދެއްވުމުގައި ދެމިވޮޑިގެންވާނެއެވެ.“

އެހެންކަމުން މިނަމޫނާއާއި އެއްގޮތަށް ހެޔޮ އަމަލުކުރުންމަތީ ސާބިތުވެ ތިބުމަށް ބާރުއަޅާފައިވެއެވެ. ”ވެހޭތާ ފެންނަގާށޭ“ ބުނާފައިދައިން މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އަހަރެމެން އެންމެނަށްވެސް އޮތް އެންމެ މޮޅުގޮތެވެ.

ފާއިތުވި އަހަރުގެ ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ އަވަހަށް އެރޯދަ ހިފުމަށްވެސް މި ހުތުބާގައި އެންމެހާ ފަރާތްތަކަށް ހަނދާކޮށްދީފައިވެއެވެ. އަދި ރަމަޟާން މަހަށް ތައްޔާރުވުމަށާއި އެމަހުގައި އިސްރާފު ނުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. ހަމަ މިގޮތަށް ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތްގަނެ، ރަމަޟާން މަސް ނިމުމުގެ ކުރިން އެޒަކާތް ދެއްކުމަށްވެސް ހުތުބާގައި އަލިއަޅުވާލާފައި ވެއެވެ.

މީގެ އިތުރުން، ރަމަޟާން މަހަށް ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވުމުގެ މުހިންމުކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި މުޖުތަމަޢުގެ އެންމެހާ ފަރުދުން އެކަކު އަނެކަކަށް އޯގާތެރިވެ، އެހީތެރިވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޝައުބާން މަހުގެ މާތްކަމާއި ބަރަކާތްތައް އެންމެހާ ދިވެހި ރައްޔިތުންނަށް ލިބުމަށް އެދި ދުޢާ ކުރަމެވެ.

ގުޅުންހުރި ލިޔުންތައް