ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އާއިލާއެކު ރަސްފަންނަށް ވަޑައިގެން ޢާއްމުންނާ އެކު ވަގުތު ހޭދަކުރައްވައިފިއެވެ.
ހުކުރު ދުވަހަކީ ވަރަށް ގިނަ މީހުން ގެއިން ބޭރަށް ނުކުމެ ޢާއިލާއާ އެކު ނާސްތާ ކުރާ ދުވަހެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ހަގު ދަރިކަލުންނާއެކު ރަސްފަންނަށް ވަޑައިގަތީ ނުރަސްމީ ގަޑީގައި އާއިލާއެކު ވަގުތު ހޭދަކުރެއްވުމުގެ ގޮތުންނެވެ.
ރަސްފަންނަކީ މޫދަށް އެރި އާއިލާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހަދާފައިވާ ތަނެކެވެ. އެތަން ވަރަށް ގިނަ އާއްމުން ކޮންމެ ދުވަހަކުވެސް ބޭނުންކުރެއެވެ. އަދި ޚާއްސަކޮށް ރަސްމީ ބަންދު ދުވަސްތަކުގައި އާއިލާއެކު މޫދަށް އެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މާލޭގެ މާފަންނުކޮޅުގައި އޮތް ހަމައެކަނި ތަނަކީ ވެސް ރަސްފަންނެވެ.
ރައީސްގެ ދެކަނބަލުން އެތަނަށް ވަޑައިގެން އާންމުންނާއި ކުޑަކުދިންނާ ބައްދަލުކުރައްވާ މަސްބާނަށް ތިބި މީހުންނާއި ވެސް ވާހަކަ ދައްކަވާ ހެެއްދެވިއެވެ.