މިހާރު ޤާނޫނުއަސާސީއަށް ގެނެވިފައިވާ އިސްލާޙުތަކާއެކު، މެންބަރުން ގަނެ ސަރުކާރު ވައްޓާލުމަށް ދަތިވާނެ މޭރުމަކުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކައިފިއެވެ.
އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މަޖިލީހުން ފާސްކުރި އިސްލާޙުތަކަކީ އެއްވެސް ޑިމޮކްރަޓިކް ހަމަތަކަކުން ދިޔަ ކަންކަމެއް ނޫން ކަމަށެވެ.
އެހެން ވިދާޅުވި ނަމަވެސް ފައިސާއަށް ޕާޓީ ބަދަލުކުރުމާއި ގާނޫނީ ސަރުކާރާއި ދެކޮޅަށް ކޯޓުތަކަށް އަތްބޭނުމުގެ މާޒީއެއް އޮތް ސާހިދު އަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު ހުކުމުގެ އަޑީގައި ހުރިއެކަކު މަކަށް ވެއެވެ. އަދި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލިސް މެންބަރުން ގަނެގެން ޕާޓީ ބަދަލު ކުރި މީހުންގެ ތެރޭގައި ސާހިދު ހިމެނެއެވެ.
ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.