ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޕީއެސްއެމްގެ އެމްޑީކަމުން ނަސްރީން އިސްތިއުފާދެއްވައިފި

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާގޮތުގައި ނަސްރީން މިހާރު ވަނީ ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ނަސްރީން އައްޔަން ކުރީ ޑިސެމްބަރު 23، 2024 ގަ އެވެ.

ނަސްރީން ޕީއެސްއެމްއާ ގުޅިވަޑައިގަތީ މީގެ 15 އަހަރު ކުރިންނެވެ. އޭނާ އެ ކުންފުނީގައި އަދާކުރެއްވި މަގާމްތަކުގެ ތެރޭގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން އޭނާ ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.

ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމަށް އައްޔަން ކުރެއްވި ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ޕީއެސްއެމްއަށް އައްޔަންކުރެއްވި އެމްޑީ އަކީ ޒީނާ ޒާހިރެވެ. އޭނާ އިސްތިއުފާދެއްވުމުން ދެން އައްޔަންކުރީ މުހައްމަދު ސައީދެވެ.

ގުޅުންހުރި ލިޔުންތައް