ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވާފައެވެ.
މަހުލޫފްގެ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މަހުލޫފަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔޫތު މިނިސްޓަރެވެ. އަދި އޭނާ އަކީ ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ.
މަހުލޫފަކީ ޑިއާރްޕީން ސިޔާސީ މަސައްކަތް ފެއްޓެވި ބޭފުޅެކެވެ. އެއަށްފަހު އޭނާ ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. ޕީޕީއެމް އިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު މިރޭ އެ ގުޅިވަޑައިގަތީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއާއެވެ.
އޭނާ ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.



