ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރޯދަ މަހުގެ ކަރަންޓާއި ފެން ބިލް 400 ރުފިޔާއަށްވުރެ ބޮޑެއްނުވާނެ: ރައީސް

ކުރިއަށް އޮތް ރަަަމަޟާން މަހުގެ ކަަރަންޓާއި ފެން ބިލް 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

ޕީއެންސީގެ ރެކޯޑު އަދަދެއްގެ ސަޕޯޓަރުންނާއެކު އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށެވެ.

”މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް،“. ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތްފަހުން ކޮންމެ ރަމަޟާން މަހެއްގައި ވެސް އަންނަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެމުންނެވެ. ނަމަވެސް މި ފަހަރު އެ އިއުލާންކުރެއްވީ ރާއްޖޭގެ ތާރީޚްގައި ވެސް ނުދޭވަރުގެ ބޮޑު ޑިސްކައުންޓެއް ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް