އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކުރީގެ މިނިސްޓަރު މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި

ޒުވާނުންގެ މެދުގައި މަގުބޫލު ބޭފުޅެއް ކަމަށްވާ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މިރޭ ބޭއްވި އެ ޕާޓީގެ ތާރީޚީ ފޯރިގަދަ ޖަލްސާގައެވެ.

އޭނާ ވަނީ ޕީއެންސީއާ ގުޅުނު ކަމުގެ ލިޔުން ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ހަވާލުކުރައްވާފައެވެ.

މަހުލޫފަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔޫތު މިނިސްޓަރެވެ. އަދި އޭނާ އަކީ ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. 

މަހުލޫފަކީ ޑިއާރްޕީން ސިޔާސީ މަސައްކަތް ފެއްޓެވި ބޭފުޅެކެވެ. އެއަށްފަހު އޭނާ ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. ޕީޕީއެމް އިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު މިރޭ އެ ގުޅިވަޑައިގަތީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއާއެވެ.

އޭނާ ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް