ރާއްޖޭގައި ޑްރަގުގެ ވިޔަފާރިކޮށް އެތަކަދެން ރާއްޖޭ ނޫޅެވޭ ވަރަށް އުނދަގޫ ކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހްސާން އެފަދަ މީހުންނަށް ވަރުގަފަ އިންޒާރެއް ދެއްވައިފިއެވެ.
ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން މިއަދު ފަތިހު 5:30 އިން ފެށިގެން ބޮޑު އޮޕަރޭޝަނެއް އެބަކުރިއަށްގެންދެއެވެ. މި އޮޕަރޭޝަންގެ ދަށުން 100 އަށް ވުރެން ގިނަ ތަންތަން ބަލާ ފާސް ކުރަން ވަނީ ނިންމާފަ އެވެ. އަދި މި އޮޕަރޭޝަން މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގުގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތަކުން މިއަދުން ފެށިގެން ރާއްޖޭގައި އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެމީހުން ދެން ޖެހޭނީ އެމީހުން ކުރަމުން އެއާއި ވިޔަފާރަ ހުއްޓާލަން ކަމަށެވެ.
”މިކަމުގައި މިއުޅޭ ކުދިންވެސް ދެން މިކަން ހުއްޓާލާފައި އެެހެން ކަމަކާއި އުޅެން އަޅުގަނޑު އެދެން. މިއަދަށް ފަހު ޑްރަގުގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން“ އިންޒާރު ދެއްވަމުން އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ޑްރަގްގެ ވިޔަފާރީގައި އުޅޭނަމަ އެ މީހުންނަށް މި ގައުމުގައި އުޅެން އުނދަގޫ ކުރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ފަށާފައިވާ އެ އޮޕަރޭޝަން ހުއްޓާލާނީ މި ވިޔަފާރީގައި މަސްއޫލުވެގެން އުޅޭ ފަރާތަކުން އެ ވިޔަފާރި ހުއްޓާލާ ހިސާބުން ކަމަށް އިހްސާން ވިދާޅުވިއެވެ.



