ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ގެ ރޭ ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އެރަށުގެ ޒުވާނެއް ކަމަށްވާ ވިކާޝް އަހުމަދަށެވެ. އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު އޭނާ މާލެ ގެނައެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވިކާޝް ވަނީ މަރުވަފައެވެ.
އޭނާ މިއަދު މެންދުރު ނަމާދަށްފަހު މައްޗަންގޮޅީ އާސަހަރާގައި ވަނީ އޭނާ ވަޅުލައިފައެވެ.
ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް ހިނގީ ވިކާޝްއަށް ފިޓް ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.



