ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

ފުވައްމުލަކު ރައްޔިތުންގެ ޒަމާންވީ ޝަކުވާއަށް ނިމުމެއް، ސީޓީ ސްކޭންގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްވައްމުލައް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި އެ ސިޓީގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަށް ނިމުން ގެނެސްދެއްވައިފިއެވެ.

މި ޚިދުމަތާއެކު، ފުވައްމުލަކުގެ ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ރައީސް މުއިއްޒު ވަނީ އެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެތަން ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން، ސިއްޙީ ވުޒާރާއިން ވަނީ ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މިއީ ދެ މިލިޔަން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ފުވައްމުލަކު ސިޓީގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ވަނީ 2022 ވަނަ އަހަރު އާ ޢިމާރާތެއް ތަރައްޤީކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް