ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް ހުޅުވައިފި

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، އޭނާގެ އުފަން ރަށް ކުޅުދުއްފުށީގައި ހެދި ބިނާ މިއަދު ހުޅުވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

މި ބިނާ ތަރައްގީކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަމައިދާނުގައެވެ.

މި ބިނާގައި ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދު ދިނުމަށް ގެންގުޅުން އޭކޭ 47 ގެ ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފައިވެއެވެ. އަދި ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ފެނެ އެވެ.

މި ބިނާ ފަރުމާކޮށް ހެެދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް