އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮޅުވެއްޓި ހާދިސާ: ދިވެއްސެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ހާލު ސީރިއަސްވި ދިވެއްސަކަށް ވެސް ފަރުވާދެމުން އެބަދެއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.

އެ ކޮޅުވެއްޓިން ޖުމްލަ 12 މީހަކު ދަތުރުކުރިއެވެ. އޭގެތެރެއިން ހަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އެކަކު ވަނީ މަރުވަފައެވެ.

މަރުވީ ހާލު ސީރިއަސްވެ ފަރުވާދެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހޮސައިންއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ. އޭނާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ފަރުވާދިން މީހުންގެ ތެރޭގައި ހިމެނެނީ ޖުމްލަ ދެ ބިދޭސީންނެވެ. އަދި ހަތަރު ދިވެހީންނަށް ވެސް އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް