- Advertisement -spot_img

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ވަޒީރު މޫސާ ޒަމީރު ޢައްޔަން ކުރައްވައިފިއެވެ.

އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.

މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެ މަގާމު ހުސްވީ އާދަމް ޝަރީފް މިނިސްޓަރު ކަމުން އިސްތިއުފާދެއްވުމުންނެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ލޯކަލް ގަވާމެންޓް މިނިސްޓްރީ މިހާރު ވަނީ އުވާލާފައެވެ. އަތޮޅު ކައުންސިލްތައް ވެސް ގާނޫނަށް ގެނައި އިސްލާހާއެކު ވަނީ އުވިފައެވެ. ނަމަވެސް ގާނޫނީ ހުސްކަމަކަށް ނައިސް އެލްޖީއޭއިން އަތޮޅުތައް ހިންގުމުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެއެވެ.

ގުޅުންހުރި ލިޔުންތައް