އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަން ރުހުންދީފި

މީޑިއާ ކޮމިޝަންގެ ރައީސަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނަށް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން މީޑިއާ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު އެ ކޮމިޝަނުގެ ރައީސްކަމަށް އެންމެ ގާބިލު ފަރާތަކީ މުހައްމަދު ފަރުސަތުކަމަށް ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. 

ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

އޭނާ އަކީ މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް މިންސްޓާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާޓްސް (އޮނާސް) ހާސިލް ކުރައްވާފައެވެ. .

ގުޅުންހުރި ލިޔުންތައް