އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އެމްޕީއެލްގެ ހުޅުމާލޭ ވިޔަފާރީގެ ބަނދަރުގައި ހުއްޓައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި އިތުރު ތިން މީހަކު ހުކުރު ދުވަހު ވަނީ ހައްޔަރުކޮށް، ބަންދު ކުރަން ކޯޓުން އަމުރުކޮށްފައެވެ. ހައްޔަރު ކުރި ތިން މީހުންނަކީ އަހުމަދު ޝަމީމް، ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)، އަހުމަދު ފިރުޝާން، ހ. ރުމޭނިއާ (35 އަހަރު) އަދި ހުސައިން ސާމިހް، އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) އެވެ.

މީގެ ތެރެއިން ޝަމީމާއި ސާމިހް ތަހުގީގުގެ ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުނގެ ތެރޭގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެއެވެ. ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް