ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.

މިހާތަނަށް އެ މަގާމުގައި ހުންނެވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި ހުންނަވާ ޔަޒްމީދަށް މި މަގާމު ދެއްވީ، ފަނޑިޔާރު ނިޔާޒް އިއްޔެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނިޔާޒް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުވެއެވެ. ނަމަވެސް އޭނާ ހުންނެވީ އަދިވެސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައެވެ.

ޔަޒްމީދަކީ ފައިނޭންޝަލް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް