އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ހައްދުންމަތީ ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ މަޝްރޫޢު ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ.

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި އެ ކުންފުންޏާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނަށް އިޝާރާތް ކުރައްވަމުން ރައީސް މުޢިއްަޒު ވަނީ، މިރޭ ސޮއިކުރި، ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުންވެސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެއިތުރުން ރައީސްގެ ދަތުރުފުޅުގައި ވަނީ ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ މިދިޔަ އަހަރު ހަވާލުކުރި މަޝްރޫއު، އެ ޔުނިވާސިޓީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް